- Advertisement -ad image

ދެވަނަ ދައުރެއް ދިވެހިން، ރައީސް ސާލިހަށް ނުދިނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ބޭނުންނުވާތީ: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


މިހާރު އޮތް އެމްޑީޕީގެ ސަރުކާރަށް ރިޔާސީ ދެވަނަ ދައުރެއް ދޭން ދިވެހިން ބޭނުންނުވި މައިގަނޑު އެއް ސަބަބަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން ބޭނުންނުވުންކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވަނީ ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މީޑިއާއަކަށް ދެއްވި އިންޓަރވިއު އަލްޖަޒީރާއަށް ދެއްވާފައެވެ.
މި އިންޓަރވިއުގައި ޑރ މުއިއްޒު ވަނީ ރައީސް ސާލިހުގެ ސަރުކާރުން ގެންގުޅުއްވާ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތުތައް ރައްކާތެރިކޮށްދޭ ސިޔާސަތެއް ނޫންކަމަށެވެ. އެހެންކަމުން މި ސަބަބާ ހުރެ ރާއްޖޭގެ ސަލާމަތާއި ސިޔާދަތާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައި ކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ.
“ އަޅުގަނޑުގެ ސަރުކާރެއްގައި ހުރިހާ އަވަށްޓެރި ގައުމުތަކާވެސް އެކުވެރި ގާތް ގުޅުމެއް ބާއްވާނަން. ނަމަވެސް އެއްވެސް ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގެ ފަސްގަނޑުގައި ތިބުމަށް ދިވެހިން ނޭދޭ،” ޑރ މުއިއްޒު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް އަމާޒަކަށްވާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށެވެ. އަދި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެެއިން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ