ގާނޫނުތަކަށް ބަދަލު ގެންނަވައި ޝަރުއީ ދާއިރާ އިސްލާހު ކުރައްވާނެ ކަމަށާއި ޝަރުޢީ ދާއިރާ މިނިވަން ނުވަނީ ޖޭއެސްސީ ސިޔާސީ ވުމުންކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމުގުގައި ވާހަކަފުޅު ދައްކަވަމުން، ޑރ މުއިއްޒު ވިދާޅުވީ ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކު ހިމެނިވަޑައިނުގަންނަވާނެ ގޮތަށް އިޞްލާހު ކުރައްވާނެކަމަށެވެ.
އަދި މިވަގުތު، ރާއްޖޭގައި އޮތް ޝަރުޢީ ނިޒާމު މިނިވަންކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވިއެވެ.
“ މި ނިޒާމު މިނިވަން ނޫންކަމަށް އަޅުގަނޑު މިދަންނަވާ ސަބަބަކީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަތުން” ޑރ މުއިއްޒު ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ޝަރުޢީ ދާއިރާ މިނިވަން ކުރައްވާނެކަމަށާއި، ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން އެއީ އަދުލުވެރި ނިޒާމަކަށް ބަދަލުކުރެއްވުމުގެ މަސައްކަތްކުރައްވަން ފަށްޓަވާނެކަމަށެވެ.



