ފަލަސްޠީނު މިނިވަންކުރަން ގޮވައިލައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގެކޮޅުގައި ބޮޑު ދިދައެއް ދަމައިފިއެވެ.
ޑރ. މުޢިއްޒުގެ ގެ ކޮޅުގައި ދިދަދައެއް އެލުވައި ފަލަސްޠީނާއިއެކުގައިވާކަން ހާމަކޮށްދިންއިރު، ރާއްޖޭގެ އެހެން ބޮޑެތި އިދާރާތަކުގެ އޮފީސް އިމާރާތްތަކުގައި ވެސް ފަލަސްޠީނުގެ ދިދަ ދަމައިފައިވެއެވެ.
ޑރ.މުޢިއްޒުގެ ގެކޮޅުގައި ފަލަސްޠީނުގެ ދިދަ ދެމިއިރު، އިސްރާއިލުގެ ޔަހޫދީން ފަލަސްޠީނުގެ ބިންތައް ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓަށް މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
މިމަހުގެ 7 ވަނަ ދުވަހު ޔަހޫދީ އިސްރާއީލުން ފަލަސްޠީނަށް ދޭން ފެށި ހަމަލާތަކުގައި 3000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާއިރު، މީގެތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް، ޝަހީދުކޮށްފައިވެއެވެ.



