ދޫނިދޫ އާއި ފުނަދޫއާ ދޭތެރޭ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
އެ ހިސާބު ކަނޑުމަތިން ފެނިފައި ވަނީ މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދޫނިދޫ އާއި ފުނަދޫ އާ ދޭތެރޭ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.
އަދި ހަށިގަނޑު ފެނިގެން ފުލުހުންނަަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 9:10 އެހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.



