- Advertisement -ad image

ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރާތީ އިންތިހާބީ ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް ބޭސް ގެނައުމަށް އިންޑިއާގެ ޓަމިލްނާޑޫ ކުންފުންޏަކާއެކު ހަދަން އުޅޭ އެއްބަސްވުން މިވަގުތަށް މަޑުޖައްސާލުމަށް އިންތިޚާބީ ރައީސްގެ އޮފީހުން އެދިވަޑައިގެންފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި އަދި ބޭހާ ގުޅުންހުރި އެހެނިހެން ތަކެތި އެތެރެކުރުން އިންޑިއާގެ ޓެމިލްނާޑޫގެ ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން މަސައްކަތްކުރަމުންދާތީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
ފިރުޒުލް ވިދާޅުވީ، ރާއްޖެއިން ބޭރުން ބޭހާއި، ސިއްޙީ ސާމާނު ގެނައުމަށް އިންޑިއާގެ ކުންފުޏަކާ އެކު މިސަރުކާރުން އެއްބަސްވުމެއް ހަދަން އުޅޭކަމަށާއި، އެކަމަކީ އިންތިގާލީ މިދަނޑިވަޅުގައި ކުރެވިގެންވާނެކަމެއްނޫންކަމަށެވެ.
ބޭސް ސަޕްލައިކުރުމަށް ސަރުކާރުން އެއްބަސްވުން ޤާއިމްކުރުމަށް މަސައްކަތްކުރަނީ އެސްޓީއޯއާއި ޓެމިލްނާޑޫގެ ކުންފުންޏަކާ ދެމެދުއެވެ. އެސްޓީއޯއަކީ ރާއްޖެއަށް ބޭސް އެތެރެކުރާ މައި ކުންފުންޏެވެ. ފިރުޒުލް ވިދާޅުވީ، ސޮއިކުރަން އުޅޭ އެމްއޯޔޫއަކީ ވަރަށް ހައްސާސް ކަމެއްކަމަށާއި، އިންތިގާލީ މި ދަނޑިވަޅުގައި އެފަދަކަމެއް ނުކުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގަންނަވާކަމަށެވެ.
އިންތިހާބީ ރައީސް މިކަމާ ކަންބޮޑުވުން ފާޅުކުރެއްވިއިރު، މިއަހަރުގެ ނޮވެންބަރުމަހު މެދަކާއި ހަމައަށް އަންނައިރު، ބައެއް ހޮސްޕިޓަލްތަކުން ދޭ ޚިދުމަތްތައް މެދުކެނޑުމަކަށް އައިސްދާނެކަމުގެ ކަންބޮޑުވުންވެސް މީގެ ކުރިން އިންތިޚާބީ ރައީސްގެ އޮފީހުން ފާޅުކުރައްވާފައިވެއެވެ. ހޮސްޕިޓަލްތަކަށް މިއަހަރުގެ ފަހު 6 މަސް ދުވަހަށް ބޭނުންވާ ވަރަށް ސާމާނު އޯޑަރު ކޮށްފައިނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެފައިވެއެވެ. އިންތިގާލީ މަރުހަލާގެ ތަރުޖަމާން ފިރުޒުލް ވިދާޅުވީ، ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކަށް ބޭނުންވާ އެކިއެކި ސާމާނުތަކަށް އޯޑަރ ނުކޮށްހުރީ، ބަޖެޓު ހަމަޖެހިފައި ނެތުމުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ