- Advertisement -ad image

މަކުނުދޫގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓެއްގައި އެއްޗެއް ގޮވާ ދެމީހަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހދ މަކުނުދޫގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓެއްގައި އެއްޗެއް ގޮވާފައިވާ ކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަކަރާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ މިހާދިސާގައި ދެމީހަކު ނިޔާވެފައިވާ ކަމަށެވެ.

މަކުނުދޫއިން ވާހަކަދެއްކި މީހަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަވީރު 4:15 ކަންހާއިރު އެ ރަށު ބަނދަރުމަތީގައި ހުންނަ މަސްމާރުކޭޓް ސަރަހައްދުން ބާރުގަދަ ގޮވުމެއް ގޮވާފައިވެއެވެ. އަދި ބަނދަރުގެ އެކި ހިސާބުތަކުގައި ކުދިކުދި ވެފައިވާ އިންސާނެއްގެ ބައިތައް ހުރި ކަމަށް އެމީހާ އާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން ބުނީ މިހާދިސާގައި ނިޔާވެފައިވަނީ ބިދޭސީ ދެ ފިރިހެނުން ކަމަށެވެ. އަދި ގޮވާފައިވަނީ ގޭސް ސިލިންޑަރެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ