- Advertisement -ad image

މަކުނުދޫގައި އެއްޗެއް ގޮވައިގެން ނިޔާވީ އެއަރޕޯޓު ބިން ހިއްކާ ކުންފުނީގެ ދެ މުވައްޒަފުން

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ހަވީރު ހދ.މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައިގެން ހިނގި ހާދިސާގައި ނިޔާވީ އެރަށު އެއަރޕޯޓު ބިން ހިންކާ ކުންފުނީގެ ދެ މުވައްޒަފުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެނގުނު ގޮތުގައި ގޮވާފައިވަނީ މަކުނުދޫ މަސްމާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 16:15 އެހާއިރުއެވެ. ކުއްލިއަކަށް ބާރުގަދަ ގޮވުމެއް ގޮވައި ބަނދަރުގެ އެކި ހިސާބުތަކުގައި އިންސާނުންގެ ހަށިގަނޑުގެ އެކި ބައިތައް ހުރި ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ހުރި ސައިޓެއްގައި ގޭސް ސިލިންޑަރެއް ގޮވައި ބިދޭސީ ދެމީހަކު ނިޔާވި ޙާދިސާ ދިވެހި ފުލުހުންނާއި ގުޅިގެން ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ