- Advertisement -ad image

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު އަވަސްކޮށްދެއްވުމަށް ޑރ މުއިއްޒު އެދިވަޑައިގެންފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އިންތިހާބީ ރައީސުލުޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ޑރ މުއިއްޒު މިކަމަށް އެދިވަޑައިގަތީ މިއަދު ހދ. މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ދެ މީހަކު ނިޔާވި ޚަބަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާނެރުއްވި ބަޔާނެއްގައެވެ.
އެގޮތުން އިންތިހާބީ ރައީސް ވިދާޅުވީ ނިޒާމީ ގޮތެއްގައި މި ފަދަ މައްސަލަތަކަށް ހޯދަންޖެހޭ ހައްލު ހޯދުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ އަރިހުން އެދޭ ކަމަށެވެ.
މިއަދު ހދ. މަކުނުދޫގައި ހިނގައިދިޔަ ހާދިސާގެ އިތުރުން، 19 އޮކްޓޫބަރު 2023 ވަނަ ދުވަހު، ހދ. ކުޅުދުއްފުށީގައިވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގައި، ބަޔަކަށް އަނިޔާވެފައިވާކަން ފާހަގަކުރެވެއެވެ.

ޑރ މުއިއްޒުގެ ބަޔާނުގައި ވިދާޅުވީ މި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް، މި ފަދަ ހިތާމަވެރި ކަންކަން ތަކުރާރުނުވާނެހެން ފިޔަވަޅުއަޅުއްވައިދެއްވުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

“ މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަމެ” އެ ބަޔާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ