- Advertisement -ad image

ފަލަސްތީނުގެ ހާލަތާއި ގުޅޭގޮތުން އުރުދުގާން އާއި ޑރ މުއިއްޒު މަޝްވަރާ ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ފަލަސްތީނުގެ ރައްޔިތުުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިހެން ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ފޯނުން ގުޅުއްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އުރުދުގާން އާއި ޑރ މުއިއްޒު ވަނީ އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފައެވެ.
ދެ ބޭފުޅުންގެ މި ފޯނު ކޯލުގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތަކާއެކު މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާގުޅޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
މި ފޯނު ކޯލުގައި ތުރުކީގެ ރައީސް އުރުދުޣާން ވަނީ މެދުއިރުމަތީގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީވިލާތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި އެޅެންހުރި ފިޔަވަޅުތައް އަޅުއްވަމުންގެންދަވާކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.
އުރުދުޣާންގެ މި ފޯނު ކޯލުގައި މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ