- Advertisement -ad image

މަކުނުދޫގައި އެއްޗެއް ގޮވުން: ފުލުހުންގެ ފޮރެންސިކް ޓީމެއް މަކުނުދޫގައި ހަރަކާތްތެރިވާން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ހޮނިހިރު ދުވަހު ހަވީރު ގޭސް ސިލިންޑަރެއް ގޮވައި މަކުނުދޫ އެއަރޕޯޓުގެ ބިން ހިއްކާ ކުންފުނީގެ ބިދޭސީ ދެ މުވައްޒަފުން ވަނީ ނިޔާވެފައެވެ.
ފުލުހުން ބުނީ މަކުނުދޫގެ މިހާދިސާ ތަހުގީގު ކުރުމަށް ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް މަކުނުދޫގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ގޭސް ސިލިންޑަރު ގޮވި ވަގުތު، ކައިރީގައި ހުރި ސައިކަލުތަކަކަށާއި، ފަޅުގައި އަޅާފައި ހުރި ބައެއް ދޯނިތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނެފައިވެއެވެ.
ރާއްޖޭގައި މިފަހުން މިފަދަ ހާދިސާތައް އިތުރުވަމުން އަންނާތީ ގިނަ ބަޔަކު ގެންދަނީ މިފަދަ ހާދިސާތައް ތަހުގީގުކޮށް، ސަބަބު ދެނެގަތުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމުންނެވެ.
މިމަހުގެ 19 ވަނަ ދުވަހު، ހދ. ކުޅުދުއްފުށީގައިވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގައި، 4 ދިވެހިންނަށް އެކިވަރުގެ އަނިޔާވެފައިވާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ