- Advertisement -ad image

ވެރިކަން ބަދަލުވާ މަރުހަލާގައި ލިޔެކިޔުން ނައްތާލާތީ އޭސީސީން ކަންބޮޑުވުން ފާޅުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަން ބަދަލުވާ މަރުހަލާގައި ދައުލަތުގެ ބައެއް ލިޔެކިޔުން ނައްތައިލަމުންދާކަން ސަމާލުކަމަށް އައުމާ ގުޅިގެން އެފަދަ ލިޔެކިޔުން ނައްތައިލުން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންގެ ކިނބައިން އެދިއްޖެއެވެ.
އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ލިޔެކިޔުން ނައްތައިލަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީއާއި ކޮމިޝަނުގެ ސަމާލުކަމަށް މިކަން އައިސްފައިވާ ކަމަށެވެ.
އަދި ދައުލަތުގެ ލިޔުންތަކަށް ބަދަލުގެނައުމާއި ލިޔެކިޔުން ނައްތައިލުމާއި ފޮރުވަން އުޅުން ފަދަ ކަންކަމަކީ ކޮމިޝަނުގެ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ އަމަލުތަކެއް ކަމަށްވާތީ އެފަދަ އަމަލުތައް ހުއްޓައިލަން އަންގާކަމަށް ކޮމިޝަނުގެ ބަޔާނުގައި ގޮވާލައިފާވެއެވެ.

“ ލިޔެކިޔުން ނައްތައިލަން ނުވަތަ ފޮރުވަން ނުވަތަ އެއަށް ބަދަލުގެނައުމަށް އެއްވެސް ފަރާތަކުން އަންގައިފިނަމަ، އެފަދަ ކަންކަން ކުރުމުން ދުރުހެލިވެ ނަޒާހަތްތެރިކަން އިސްކުރުމަށް އެދެން. އެފަދަ ކަމެއް ހިނގާނަމަ ކަމުގެ ތަފުސީލު މައުލޫމާތު ކޮމިޝަނާ ހިއްސާކުރުމަށްވެސް އެދެން “ އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ދައުލަތުގެ ލިޔުންތަކަށް ބަދަލުގެނައުމާއި ނައްތައިލުމާއި ފޮރުވުން ފަދަ ކަންކަމަކީ ރާއްޖޭގެ ޤާނޫނުތަކުން ކުށްކަމަށް ކަނޑައަޅާފައިވާ އަމަލުތަކެއްކަން ފާހަގަކޮށް އޭސީސީން ބުނީ، އެކަންކަން އެ ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ