އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ބާއްވަވާ ޖަލްސާ އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރު ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
އިންތިޚާބީ ރައީސާއި އިންތިޚާބީ ނާއިބު ރައީސް ހުވާކުރުމަށް ބާއްވަވާ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހާއި، އެމްއެންޑީއެފްއާއި އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އުފައްދަވާފައިވާ، އިންތިގާލީ ކޮމެޓީގެ މެންބަރުން ބޭއްވެވި ބައްދަލުވުމުގައި ވަނީ، ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ނިންމެވީ، ހުވާ ކުރެއްވުމުގެ ޖަލްސާ އޮންނާނީ ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު 16:45 ގައިކަމުގައެވެ.
އިންތިޚާބީ ރައީސާއި ނާއިބު ރައީސް ހުވާކުރުމަށް ބާއްވާ ޖަލްސާ ބޭއްވެވުމަށް ނިންމަވާފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. ޖުމްހޫރީ މައިދާނުގައި އެޖަލްސާ ބޭއްވެވުމަށް ނިންމެވީ ވީހާވެސް ގިނަ ބަޔަކު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށެވެ.



