- Advertisement -ad image

އަންނަ އަހަރަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް އަންނަ އަހަރަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް މަޖިލީހުގެ ބަޖެޓުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް އަންނަ އަހަރަށް ފުރަތަމަ ހުށަހެޅީ 186.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމެއް ނުދޭތާ 11 އަހަރު ވެފައިވާތީ، މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރި އާންމު ކޮމިޓީގެ މެމްބަރުން ވަނީ މުސާރަ ބޮޑުކުރުމުގެ ހުށަހެޅުމެއް ދޭން މަޖިލީހުގެ އިދާރާގައި އެދިފައެވެ.
އަދި މިކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ނިންމާފައިވަނީ މުވައްޒަފުންގެ މުސާރަ ސީދާ ބޮޑުކުރުމުގެ ބަދަލުގައި އެލަވަންސްތައް ބޮޑުކުރުމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ އުސޫލަށް ގެންނަ ބަދަލާއެކު، އެލަވަންސްތައް ބޮޑުކުރަން ހިމަނާފައިވާ 5.9 މިލިއަން ރުފިޔާއާއެކު، ޖުމްލަ 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ޚަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ ހިމެނެއެވެ.
ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 87 މެންބަރުންނެވެ. ނަމަވެސް އަންނަ އަހަރު ފެށޭ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ