- Advertisement -ad image

މަޖިލިސް އިންތިހާބު ބާއްވާ ދުވަސް އިއުލާނު ކުރާނީ އަންނަމަހު

ad image

ގުޅުންހުރި ލިޔުންތައް


އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބު ބާއްވާ ދުވަސް ނޮވެމްބަރު މަހު އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބް ރަައީސް އިސްމާއިލް ހަބީބް ވިދާޅުވީ، 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބު ބޭއްވިފައިވަނީ އެ އަހަރު އޭޕްރިލް ހަ ވަނަ ދުވަހު ކަމަށެވެ.
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤުލިބިފައިވީ ދެލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރު ސަތޭކަ ސާޅީސް ދެ މީހުންނަށެވެ. އަދި ވޯޓުދިނީ ދެލައްކަ ފަނަރަހާސް ފަންސާސް ތިން މީހުން ކަމަށާއި ވޯޓުދިން މީހުންގެ އިންސައްތަ 81.32 ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
‏އެ އިންތިޚާބަށް 407 ކެންޑިޑޭޓުން ކުރިމަތިލު އިރު މީގެ ތެރޭގައި އެމް.ޑީ.ޕީ 86، ޑީ.އާރު.ޕީ 5، ޢަދާލަތު 9، ޖޭޕީ 41، ޕީ.ޕީ.އެމް 26، އެމް.ޑީ.އޭ 8، އެމް.ޓީ.ޑީ 8، ލޭބަރ ޕާޓީ 11، ޕީ.އެން.ސީ 23، އަމިއްލަގޮތުން 190 ހިމެނެއެވެ.
ނަން އަނބުރާ ގެންދިޔަ 16 ކެންޑިޑޭޓުންނާއި ކެންޑިޑެސީ ބާޠިލް ކުރި 5 ކެންޑިޑޭޓުންނާއެކު 19 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރީ 386 ކެންޑިޑޭޓުން ކަމަށް އީސީން ހާމަކުރެއެވެ.
މީގެތެރެއިން ހޮވުނީ 83 ފިރިހެން މެންބަރުންނާއި 4 އަންހެން މެންބަރުން ހިމެނޭގޮތުން ޖުމްލަ 87 މެންބަރުންނެވެ.
ހަބީބު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖލީހުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅު ކަމަށެވެ. އަދި އިންތިޚާބު ބާއްވާ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތް ކަމަށާއި އެއީ ޤާނޫނު އޮތްގޮތުން ދިމާވާ ކަމެއް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
‏ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް ނޮވެމްބަރ މަހުގެ ތެރޭގައި ޢާންމު ކުުރުމަށް އިލެކްޝަނުން މަސައްކަތް ކުރަމުންދާއިރު ،ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން ޢާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
‏އަދި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ފައިނަލް ވުމުން، އެ ދާއިރާތަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު ތައްޔާރުކޮށް، އެ ލިސްޓު ބޭނުންވާ ފަރާތްތަކަށް ޙިއްސާ ކުރުމަށްޓަކައި، 2024 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު ދުރާލާ ޢާންމު ކުރުމަށްވެސް އީސީ އިން ދަނީ މަސައްކަތް ކުރަމުންނެވެ.
މަޖިލިސް 2024 ގައި ވާދަކުރުމަށް ގިނަ ބަޔަކު ގެންދަނީ މިހާރުވެސް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ