- Advertisement -ad image

ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިސަރުކާރުން ދެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މި މަސްދަޅުތައް ހަދިޔާކުރެއްވުމުގެ މަޤްޞަދަކީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން ވަކި ދައުލަތެއް އުފެއްދުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަމަށެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ މި އެހީއަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއި، ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައިކަން ދައްކުވައިދޭނެ ރަމްޒެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ