- Advertisement -ad image

އިންތިގާލީ ކޮމެޓީތަކަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ނުލިބޭ ތަންތަނުގެ އޮޑިޓެއް ހަދަނީ

ad image

ގުޅުންހުރި ލިޔުންތައް


އިންތިގާލީ މަރުހަލާގައި އިންތިގާލީ ކޮމެޓީތަކަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ނުލިބޭ ތަންތަނުގެ އޮޑިޓެއް ހަދަން އަންގާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މިކަން ހާމަކުރެއްވީ، އިންތިޤާލީ މަރުޙަލާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހާމަ ކުރުމަށް ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފިރުޒުލް ވިދާޅުވީ އިންތިޤާލީ ކޮމެޓީތަކުގެ މަސައްކަތްތައް ފެށީ މިމަހުގެ 4 ވަނަދުވަހު ކަމަށާއި 21 ދުވަސްތެރޭގައި ސަރުކާރުގެ 77 މުއައްސަސާއާއި ކުންފުނިތަކަށް ގޮޮސް އެތަންތަނުގެ މައުލޫމާތުތައް އެއްކުރިއިރު، ގިނަ މައްސަލަތަކެއް ދެނެގަނެވިފައިވާކަމަށެވެ. އަދި އިންތިޤާލީ ކޮމެޓީތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ އެތަނެއްގެ ޙާލަތު ދެނެގަތުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ދިޔައިރު އޮޑިޓެއް ހަދަންޖެހޭ މުއައްސަސާތަކެއް ފާހަގަކުރެވިފައިވާކަމަށާއި، އެތަންތަނުގެ އޮޑިޓްތައް ހެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ދަންނަވާނޭކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ