- Advertisement -ad image

އިންތިހާބީ ރައީސް ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ: ސަލީމް

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ޕީޕިއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މެންބަރު ސަލީމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކި ނުކުރެވިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމް.ޑީ.ޕީއިން 17 ނޮވެމްބަރުގައި އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް އޮންނަ ރަސްމިއްޔާތުގައި އެއްބާރުލުން ނުދޭނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް މިމަހުގެ 8 ވީ އާދިއްތަ ދުވަހު އެމް.ޑީ.ޕީއިންވަނީ 49 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް ހުށަހަޅާފައެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ، މަޖިލީހުގެ ރައީސްގެ މަޤާމުން ރައީސް ނަޝީދު ދުރު ނުކޮށް އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރައްވައިފިނަމަ އެ ހުވައަކީ ސައްޙަ ހުވައަކަށް ވެގެން ނުދާނެ ކަމަށް ބުނެފައެވެ. އަދި އެފަދަ ހާލަތެއްގައި ޑރ. މުއިއްޒު ހުށައަޅުއްވާ ކެބިނެޓަށް މަޖިލިހުގެ ރުހުން ނުލިބޭނެ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ވަނީ ތްރީ ލައިން ވިޕެއްވެސް ނެރެފައެވެ. އެމްޑީޕީ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ކުރަން ޖާގަނުދެއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ