- Advertisement -ad image

ޑރ މުއިއްޒު ހުވާކުރައްވާ ޖަލްސާއަށް 3500 މީހުންނަށް ދައުވަތު ދޭނެ

ad image

ގުޅުންހުރި ލިޔުންތައް


އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް 3500 އެއްހާ މީހުންނަށް ދަޢުވަތު ދެއްވުމަށް ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އަންނަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސްކަމުގެ ހުވާކުރެއްވުމުގެ ޖަލްސާ އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމުގެ ތައްޔާރީތައް ކުރައްވަމުންނެވެ. އަދި ގިނަ ފަރާތްތަކަކަށް މި ރަސްމިއްޔާތުގައި ބައިވެރިވެވޭނެހެން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ރަސްމިޔާތަށް ދަޢުވަތު ދެއްވާނެ ބޭފުޅުންނާއި ގުޅޭގޮތުން އިންތިޚާބީ ރައީސްގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ހުވާކުރައްވާ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ ޤައުމުތަކުގެ ވެރިންނާއި ޤައުމުތަކުގެ އިސް ފަރާތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިރަސްމިއްޔާތަށް 3500 އެއްހާ ފަރާތަށް ދަޢުވަތު ދެއްވުމަށް ތައްޔާރުވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.
މި ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ނިންމާފައިވީނަމަވެސް، މޫސުން ގޯސްވުން ފަދަ ކަމެއް ދިމާވެއްޖެނަމަ މިރަސްމިއްޔާތު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށްވަނީ ނިންމާފައެވެ. އަދި މިރަސްމިއްޔާތު އޮންނާނީ 17 ވާ ހުކުރު ދުވަހުގެ ހަވީރު 16:45 ގައިކަމަށް ރައްޔިތުންގެ މަޖިލީހުންވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ