- Advertisement -ad image

އާ ރައީސަކު ހުވާ ކުރުމަކީ ސިޔާސީ ކަމެއް ނޫން، އެއީ ގައުމީ ކަމެއް: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ އިންތިހާބީ އާ ރައީސަކު ކުރުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެކަމަކީ ގައުމީ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ އިންތިގާލީ މަރުހަލާގެ ނަމުގައި ސަންގުޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކި ނުކޮށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިފިނަމަ ގަބޫލުނުކުރާނެ ކަމަށް އެމްޑީޕީން ބުނަމުންދާތީ ޝަހީމް ވަނީ އެކަމަށް ފާޑުވިދާޚުވެފައެވެ.
ޝަހީމް ވިދާޅުވީ އާ ރައީސަކު ހުވާ ކުރުމަކީ ގައުމީ ކަމަކަށްވާއިރު އެކަމުގައި އެމްޑީޕީން ވެސް ވަރަށް ޒިންމާދާރު ކަމާއި އެކީ މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަދި ޑރ މުއިއްޒު ހުވާ ކުރެއްވުމުގެ ކުރިން އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށާއި ކޮންމެ ގޮތެއް ވިއަސް މިފަދަ ބޮޑު ހަފްލާއަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
“ އެމްޑީޕީގެ ތެރޭގައި އެކަން އެގޮތަށް އޮތް ނަމަވެސް، ރައްޔިތުން ނުކުމެ، މުއިއްޒުގެ ހުވާ ކުރުވާނެ “ ޝަހީމް ވިދާޅުވިއެވެ.
އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާއަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ބުނެފައިވާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ