- Advertisement -ad image

ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި އޮތް “މެޖެސްޓީ 62” ނަމަކަށް ކިޔާ ޔޮޓްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ މަޢުލޫމާތު މިއަދު 07:37 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު މާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓްގައި އެ ސަރަހައްދަށްގޮސްފައި ކަމަށެވެ. އެ ޔޮޓްގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރި މަަސައްކަތުން 09:48 ހާއިރު، އަލިފާންގަނޑު ކޮންޓްރޯލްކުރެވި އަދި، އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ މިއަދު 10:14 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ޔޮޓްގެ ބޮޑުބައި ވަނީ އަނދާފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ޔޮޓުގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިން ވަނީ ރިޒްކާލްޓަން ފަރި ރިސޯޓްގެ އެހެން ލޯންޗެއްގެ އެހީގައި ޔޮޓުން ފައިބާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ