- Advertisement -ad image

ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގާ އެކަމަށް ޚާއްޞަ ކުރެވޭ ރަށަކަށް ބަދަލުކުރާނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގާ އެކަމަށް ޚާއްޞަ ކުރެވޭ ރަށަކަށް ސޯލާ ޕެނަލްތައް ބަދަލުކުރާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް އެކެއްގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ހުޅުމާލޭ ހައިވޭއަކީ ރާއްޖޭގައި އެންމެ ހިތްގައިމު އެއް މަންޒަރު ފެންނަ އެއް ސަރަޙައްދުކަމަށެވެ. ނަމަވެސް އެސަރަހައްދުގައި މޫދު ނުފެންނަގޮތަށް ސޯލާ ޕެނަލްތައް ހަރުކުރުމުގެ ސަބަބުން ފެންނަނީ ހާސްކަން ބޮޑު ސަރަހައްދެއްގެ ގޮތުގައިކަން ފާހަގަކުރައްވާ އިންތިޚާބީ ރައީސް ވިދާޅުވީ، އެއީ އެއަށްވުރެ ރަނގަޅަށް ހިންގޭނެ މަޝްރޫއުއެއްކަމަށެވެ.
“ހުޅުމާލެއަށް އަންނައިރު ހައިވޭ މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގަ. މުޅި މި ސަރަހައްދުގަވެސް އަދި ފަހަރެއްގަ މުޅި ރާއްޖޭގައިވެސް އެންމެ ރީތިވިއު އެންމެ ރަނގަޅަށް މޫދު ފެންނަ، އެންމެ ރަނގަޅަށް އޮތް މަންޒަރު މިހާރު މިވަނީ ބަދަލުވެފަ. އަރިމަތީގަ ޖަހާފަ ހުންނަ ސޯލާޕެނަލް ޕްރޮޖެކްޓެއްގެ ސަބަބުން.” އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރައްވާނީ އެ މަޝްރޫޢުއަށް ފަންޑުކުރާ ފަރާތާއި މަޝްވަރާކުރުމަށްފަހުކަމަށެވެ. އިއާދަކުރަނިވި ހަކަތައަކީ މުހިންމު މަޝްރޫޢުއެއްކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައިވެސް އެއީ އެންމެ އިސްކަންދެއްވާނެ އެއް ސިޔާސަތުކަން ފާހަގަކުރައްވާ އިންތިޚާބީ ރައީސް ވިދާޅުވީ އެފަދަ މަޝްރޫޢުތައް ހިންގުމަށް ރަނގަޅު ގޮތްތަކެއް ހުންނާނެކަމަށެވެ.
ބްރިޖް ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްދާ ސޯލާ ޕީވީ މޮޑިއުލްސް ހަރުކުރުމުގެ މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ވޯލްޑް ބޭންކްގެ އެހީގައި އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ރާއްޖޭގައި ހިންގޭ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ