- Advertisement -ad image

އެންމެފަހުން ޕީޕީއެމްގެ ނަމުގައިވެސް ސްކޭމް މެސެޖުތަކެއް

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ އެންމެހާ ރައްޔިތުން ސަމާލުވެ ތިބުމަށް އެޕާޓީން އެދިއްޖެއެވެ.
ހޮނިހިރު ދުވަހުން ފެށިގެން ޕީޕީއެމްގެ ނަމުގައި ފޭކް މެސެޖުތަކެއް ފޮނުވަމުންދާތީ އެ ޕާޓީން ބުނީ އެއީ އޮޅުވާލައިގެން ފައިސާ ހޯދުމަށް ބަޔަކު ފޮނުވާ މެސެޖްތަކެއްކަމަށެވެ.

ޕީޕީއެމުން ބުނީ އެޕާޓީގެ ނަމުގައި ފޮނުވާ މެސެޖްތަކަކީ ސްކޭމް މެސެޖްތަކެއް ކަމަށާއި، އެގޮތަށް ލިބޭ މެސެޖްތަކުގެ ލިންކްތަކަށް ނުވަނުމަށް އެދޭ ކަމަށެވެ.

ފުލުހުންވެސް މިއަދު ވަނީ ގޮތްނޭނގޭ ފަރާތްތަކުން ފޮނުވާ ލިންކުތަަކަށް ނުވަނުމަށް އިލްތިމާސްކޮށްފަ އެވެ.
ފަހަކަށް އައިސް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ނަމުގައި އެކި ކަންކަމުގައި މެސެޖުތައް ފޮނުވަމުންދާއިރު، މިހާރުވެސް ކަސްޓަމްސްގެ ފީ ދެއްކުމަށްކަމަށް ބުނެ އެކި ނަންބަރުތަކުން މެސެޖްތައް ފޮނުވުން ގިނަވެފައިވާކަން ފާހަގަކުރެވެ އެވެ. މި މައްސަލައިގައި ފުލުހުން ބުނީ މިފަދަ ލިންކްތަކަށް ވަނުގެ ސަބަބުން އަމިއްލަ ޒާތީ މައުލޫމާތު އެފަދަ ފަރާތްތައް ހޯދައިގަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ