- Advertisement -ad image

މަޖިލީހުގެ ގިނަ ގޮނޑިތަކަށް އަންހެނުން ކުރިމަތިލެއްވުމަށް އިންތިހާބީ ރައީސް ޑރ މުއިއްޒު ގޮވާލައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލިސް އިންތިހާބު 2024ގެ ގިނަ ގޮނޑިތަކަކަށް އަންހެނުން ކުރިމަތިލެއްވުމަށް އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެނުން ބައިވެރިވެ ހޮވިގެން ދިޔުމަކީ ވަރަށް އެދޭ ކަމެއް ކަމަށެވެ. މިގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހުގެ މަދުވެގެން 20 އިންސައްތަ ގޮޑިއަށް އަންހެނުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ޑރ މުއިއްޒު ގޮވާލައްވާފައިވެއެވެ.


އަދި، މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ.
ޑރ މުއިއްޒު މިފަދައިން ވިދާޅުވިއިރު ހިނގަމުންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ތިއްބެވީ އެންމެ ހަތަރު އަންހެނުން ކަން ފާހަގަކޮށްލެވެ. މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 އެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ