- Advertisement -ad image

އިގްތިސާދު ކުރިއެރުވުމަށް އެއަރޕޯޓްގެ މަސައްކަތް އަވަސްކުރަންޖެހޭ: އިންތިހާބީ ރައީސް

ad image

ގުޅުންހުރި ލިޔުންތައް


އިގްތިސާދު ކުރިއެރުވުމަށް އެއަރޕޯޓްގެ މަސައްކަތް އަވަސްކުރަންޖެހޭ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހަށް އެއާޕޯޓް ނިންމުމަކީ އަމާޒެއް ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންސީއައި)ގެެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ހުރިހާ ސިނާޢަތަކަށްވެސް އެންމެ މުހިއްމު އެއްކަމަކީ މަޑުޖެހިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަހަށް ނިމިގެން ދިޔުންކަމަށެވެ.
ނަމަވެސް އިންތިޤާލީ މަރުޙަލާގެ ކަންކަން ކުރިއަށްގެންދާ ކޮމިޓީތަކުން އެއްކުރެވިފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުން މިމަސައްކަތް މިހާރު ކުރިއަށްދާ ޝެޑިއުލްގެ ދަށުން ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ 2025 އަހަރުގެ ޖުލައިމަހުކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
“ މި ޓްރާންސިޝަން މި މަރުހަލާގައި އަޅުގަނޑުމެންނަށް މި މަސައްކަތާއި ގުޅޭ މައުލޫމާތައް ލިބިފައިވާއިރު، މި އެނގިގެން ދަނީ އެއާޕޯޓް އަދި ނެތްކަން އެހާ އަވަހަށް ނިމޭކަށެއް، މި އަންނަ އަހަރުވެސް، ދެން އަންނަ އަހަރުގެ ޖުލައިއަށް 2025ގެ ޖުލައިގައި ކަމަށް ނިމޭނީ،” އިންތިހާބީ ރައީސް ވިދާޅުވިއެވެ.
ޑރ، މުއިއްޒު ވިދާޅުވީ، މިއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަަމަށެވެ. އަދި އިގްތިސޯދު ވަރަށް ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައިވާއިރު، ބޭނުންވަނީ މިކަން އަވަސް ކުރަން ކަން މުއިއްޒު ފާހަގަކުރެއްވިއެވެ.


ގިނަ ވިޔަފާރިވެރިންތަކެއް ބައިވެރިވި މި ބައްދަލުވުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް އެ ބޭފުޅުން ވަނީ އިންތިހާބީ ރައީސާއި ހިއްސާކުރައްވާފައެވެ. އަދި އިގްތިސާދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް އެބޭފުޅުންގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އިންތިހާބީ ރައީސަށް އެރުވިއެވެ.

މިބައްދަލުވުމުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރުވައި، ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ