- Advertisement -ad image

2024 ވަނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. ފިނޭންސް މިނިސްޓްރީން ބުނީ ދަޢުލަތުގެ މާލިއްޔަތު ޤާނުނު އަދި ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓާއި ގުޅޭ އެންމެހާ ތަފްސީލްތައްވެސް މަޖިލީހަށް މިހާރު ހުށައަޅާފައިވާކަމަށެވެ. ބަޖެޓާ ގުޅޭ އިތުރު ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.

ޤާނޫނު އަސާސީގައި ބަޔާންކުރަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތައް ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓު ބަޔާން ހުށައެޅުމަށް އެޖެންޑާކުރިނަމަވެސް ފިނޭންސް މިނިސްޓަރ މަޖިލީހަށް ވަޑައިނުގަންނަވައެވެ. އެގޮތަށް ނިންމެވީ ބަންޑާރަ ނާއިބުގެ ލަފާފުޅާއި ގުޅިގެންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައަޅާ އެޖެންޑާކޮށްފައިވާތީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ