- Advertisement -ad image

2024 ވަނަ އަހަރުގެ ބަޖެޓް: “ފުށިދިއްގަރުފަޅު” މަޝްރޫއު ހިންގުމަށް ބަޖެޓްގައި 400 މިލިއަން ރުފިޔާ

ad image

ގުޅުންހުރި ލިޔުންތައް


އިންތިޚާބީ ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ ސަރަޙައްދުގައި އަލަށް ފެށުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު، އަންނަ އަހަރު ފެށުމަށް މަޖިލީހަށް ހުށައެޅި ބަޖެޓުގައި ހިމަނައިފިއެވެ.
އެގޮތުން އަންނަ އަހަރު ޕަބްލިކް ސެކްޓަރ އިންވެސްޓް ޕްރޮގްރާމްތައް ހިންގުމަށް 8.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ. މީގެތެރެއިން 1.1 ބިލިއަން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އަލަށް ފަށާ މަޝްރޫޢުތަކަށެވެ. އަދި މިވަގުތު ހިންގަމުންދާ 449 ޕްރޮޖެކްޓަކަށް 6.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އަންނަ އަހަރު އެންމެ ބޮޑު ޙޭދައެއް ކުރުމަށް ނިންމާފައިވަނީ، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކޮށްފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢުއަށެވެ. މި ޕްރޮޖެކްޓަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަން ޙައްލުކޮށްދެއްވުމަށް އަންނަ ސަރުކާރުގައި ހިންގެވުމަށް ނިންމަވާފައިވާ އެންމެ ބޮޑު މަޝްރޫޢުއެވެ.

މި ޕްރޮޖެކްޓްގައި ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޑރ.މުޢިއްޒުގެ ތަޞައްވުރަކީ އެ ފަޅު ހިއްކާ، 11000 ގޯއްޗާއި 20000 ފްލެޓް އެތަނުގައި ތަރައްޤީކުރެއްވުމެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ ދަޢުރުގެ ކުރީކޮޅު މި މަޝްރޫޢު ފަށާ، ދަޢުރު ނިމުމުގެ ކުރިން އެ ޕްރޮޖެކްޓްގެ ބޮޑު ބައެއް ނިންމާލުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ