- Advertisement -ad image

ޑރ މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް 1000 އާއްމުނަށްވެސް ފުރުސަތުދޭނެ

ad image

ގުޅުންހުރި ލިޔުންތައް


އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރުމުގެ ރަސްމިއްޔާތުގައި 1000 ޢާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް ނިންމަވާފައިވާކަމަށް،އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފިއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު، ހަވީރު 04:45ގައި ޖުމްހޫރި މައިދާނުގައެވެ.
މިއީ ދަޢުވަތުދީގެން އެންމެ ގިނަ މެހުމާނުން ބައިވެރިވެވަޑައިގަންނަވާ ހުވާކުރުމުގެ ފުރަތަމަ ރަސްމިއްޔާތެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނައިބް ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރައްވާ ރަސްމިއްޔާތަށް 3500 އެއްހާ މީހުންނަށް ދަޢުވަތު ދެއްވުމަށް ވަނީ ނިންމަވާފައެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ދަޢުވަތުދެވިގެން ވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން، 1000 އާއްމު ރައްޔިތުންނަށް މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމަވާފައިވާކަމަށެވެ. ހުވާކުރެއްވުމުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އިންތިޚާބީ ރައީސް ނިންމެވި އެންމެ ބޮޑު ސަބަބަކީވެސް، ޖަލްސާގައި ވީހާވެސް ގިނަ އާއްމުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވުންކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް، ޓެންޑަރ ބޯޑުން ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއަރ ކުންފުނި ސިވެކްއާއެވެ. މި މަސައްކަތް ހަވާލުކުރީ 22.9 މިލިއަން ރުފިޔާއަށެވެ.

ފިރުޒުލް ވިދާޅުވި، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައޔިތުންގެ މަޖިލީހުން ކަނޑައެޅުއްވީ 29 މިލިއަން ރުފިޔާކަމަށެވެ. ނަމަވެސް މިކަމުގެ ޚަރަދު ކުޑަކުރެއްވުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާތީ، އެ އަދަދު 22.9 މިލިއަން ރުފިޔާއަށް ކުޑަކުރެއްވުމަށް މަޖިލީހުން ފަހުން ނިންމެވީކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ