- Advertisement -ad image

2024 ވަނަ އަހަރުގެ ބަޖެޓް: އެންމެ ބޮޑު ބަޖެޓެއް ސިއްހީ ދާއިރާއަށް!

ad image

ގުޅުންހުރި ލިޔުންތައް


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެއްދާއިރާއަކުން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ސިއްޙީ ދާއިރާއަށެވެ. އެގޮތުން ސިއްޙީ ދާއިރާއަށް 7459 މިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. މިއީ މިހިނގާ 2023 އަށް ލަފާކުރި ބަޖެޓާއި އަޅާބަލާއިރު 48 އިންސައްތަ އިތުރު ޢަދަދެކެވެ.

ސިއްޙީ ދާއިރާއަކީ ދައުލަތުގެ ބަޖެޓުގައި އަބަދުވެސް އިސްކަމެއް ދޭ ދާއިރާއެކެވެ. އެގޮތުން އަހަރުން އަހަރަށް މިދާއިރާއަށްކުރާ ހޭދަ އަންނަނީ އިތުރުވަމުންނެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރާ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ސިއްޙީ ދާއިރާގެ ބަޖެޓުން ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލަށް 19400 ރުފިޔާ ޖެހޭނެއެވެ.

ސިއްޙީ ދާއިރާގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 6812 މިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 648 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ހިމަނާފައެވެ. ހިނގަމުންދާ 2023ގެ ބަޖެޓާއި އަޅާބަލާއިރު މިއަހަރުގެ ބަޖެޓުގައިވަނީ މިދާއިރާއިން ރިކަރަންޓް ޚަރަދު އިތުރުކޮށް ކެޕިޓަލް ޚަރަދުތައް ކުޑަކޮށްފައެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި އާސަންދަ އިޖުތިމާޢީ ރައްކާތެރިކަމުގެ ދަށުން ހިމަނާފައިވީ ނަމަވެސް މިއަހަރުގެ ބަޖެޓުގައި އާސަންދަވަނީ ސިއްޙީ ދާއިރާގެ ދަށަށް ބަދަލުކޮށްފައެވެ. މިއަހަރުގެ ބަޖެޓުގައި އާސަންދައިގެ ޚަރަދުތައް ހަމަޖެއްސުމަށްވަނީ 1999 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މެޑިކަލް ސަޕްލައިސް އަދި ކޮންސިއުމަބަލްސް ގަތުމަށްވަނީ 1134 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ