- Advertisement -ad image

މަޖިލިސް އިންހާބުގެ ކެމްޕެއިނަށް ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން އައްޑޫއަށް

ad image

ގުޅުންހުރި ލިޔުންތައް

2024 ވަނަ އަހަރުގެ މާރޗު މަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން މިއަދު އައްޑޫ އަށް ފުރާވަޑައިގެންފި އެވެ.
އައްޑޫ ސިޓީގެ ދަތުރާ ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އައްޑުއަތޮޅަށް ކުރައްވާ ދަތުރުފުޅަކީ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ކުރާ ދަތުރެއް ކަމަށެވެ.
އަދި ނިމިދިޔަ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބު ކޮށްދިނުމަށް ރައްޔިތުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރުމާއެކު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް ރައްޔިތުންގެ ތަރުހީބު ހޯއްދެވުމަށް އެ ދަތުރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ހަމައެއާއެކު މިދަތުރުފުޅުގައި އައްޑޫ ސިޓީ ހުރިހާ ރަށެއްގެ ރައްޔިތުންނާއި އިންތިހާބީ ރައީސް ބައްދަލުކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ