- Advertisement -ad image

މޫދުގައި އޮތް މީހެއްގެ ގައިގާ ލޯންޗަކުން ޖެހި އެކްސިޑެންޓެއް ހިނގާ އެމީހާ ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ދަގަނގަޑު ޖަހައިގެން މަސް ހިފަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި، އެމީހާ ނިޔާވެއްޖެއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ގއ. ގެމަނަފުށީގައެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ޢުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ދަގަނޑު ޖަހައިގެން މަސްހިފަން މޫދަށް އެރި އުޅެނިކޮށް ގެމަނަފުށީ ފަޅަށް ވަންނަން އައި ލޯންޗެއްގައި ޖެހިގެންކަމަށް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ