- Advertisement -ad image

2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ދޭނެ: އިންތިހާބީ ރައީސް

ad image

ގުޅުންހުރި ލިޔުންތައް


2024 ވަނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެ ކަމަށް އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ޑރ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެ ކަމަށެވެ.

ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް އެންމެ ބޮޑު ގޮންޖެހުމަކާއި ނުރައްކަލެއް ކުރިމަތިވެގެންދިޔަ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހެވެ. އެއީ ކަނޑިބަޑީގެ ނުރައްކާތެރިކަން މިޖީލު ތަޖުރިބާކުރި، އެ ބިރުވެރި ހާދިސާގެ ހަނދާންތައް އަދުގެ ދިވެހީންގެ ހިތްތަކުން ފިލާ ނުދާނޭ ދުވަހެއްވެސް މެއެވެ. ނަމަވެސް އެ ދުވަހު ޝަހީދުވި 19 ދިވެހިންގެ ޒިކުރާ އާ ކޮށް ނޮވެމްބަރު 3ގެ ވާހަކަތައް ދައްކާ ހެދުމަކީ މާ މުހިންމު ކަމެއްގެ ގޮތުގައި ހިނގަމުންމިދާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނުދެކޭ ކަމީ ގިނަ ބައެއް ކަންބޮޑުވުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ