- Advertisement -ad image

ޕާޓީ ކުދިންނާއި ގާތް މީހުން ހިމަނައިގެން 4000 ފްލެޓް ދޭ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި އިއުލާންކުރި 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކޮށްފިއެވެ.
އަވަސް އަރުވާލައިގެން މިއަދު ނެރުނު މި ލިސްޓް އާންމުކޮށްފައި ވަނީ އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭ.ސީ.ސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަަ މިހާރު ވަނީ އޭ.ސީ.ސީގައި ރަޖިސްޓްރީވެސް ކޮށްފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިހާރު ވަނީ ގެޒްޓްކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން ބުނީ، މި ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތައްކަމަށެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށެވެ.

4000 ފުލެޓް ގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތު ލުން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަސްރޫޢުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގެދޮރުވެރިޔާ’ ސްކީމުގެ ދަށުން ދޫކުރަން ހުޅުވާލި ފްލެޓަށް އެދި 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. މީގެތެރެއިން 13000 ހާހެއްހާ މީހުން ޝަރުޠުހަމަވާ ކަމަށް ހައުސިން މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.
މި ފްލެޓްތައް ހިތުހުރި ގޮތަށް ބަހާލިއިރު ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ގޮސްފައި ނުވާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ