- Advertisement -ad image

ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު މުއިއްޒު މާލެ ވަޑައިގެންފި

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް – ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައި މާލެ ވަޑައިގެންފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ ޔޫއޭއީއަށް ކުރެއްވި އަމިއްލަ ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގެންފައިވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެންނެވިއެވެ. އަދި އެ މަނިކުފާނުގެ ޔޫއޭއީ ދަތުރުފުޅުގައި މެހުމާންދާރީ އަދާ ކުރުމުގެ ގޮތުން ހުރިހާ ހަރަދެއް ހަމަޖައްސައި ދީފައިވަނީ ވެސް އެ ގައުމުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ އޮކްޓޫބަރު 30 ވަނަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފަ އެވެ. އާއިލާ އާއި ޕާޓީ ލައިނުން ޕީޕީއެމާއި ޕީއެންސީގެ ބައެއް ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި ސިންގަޕޫރުގެ ދަތުރުފުޅު ނިންމަވާލެއްވެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ