- Advertisement -ad image

އަދުރޭ އަމީރަށް: ދޮގުހަދައި އޮޅުވައިލުމުގެ ނަތީޖާ އަދިވެސް ނުފެނޭތޯ؟

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ޔުނައިޓެޑު އަރަބު އެމިރޭޓްސްއިން ފޯރުކޮށްދޭން ނިންމި 80 މިލިއަން ޑޮލަރާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސުލްޖުމުހޫރިއްޔާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، ދާދިފަހުން އިންތިހާބީ ރައީސް ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި އެއާޕޯޓް މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމުމަށް އެހީއެއްގެ ގޮތުގައި 80 މިލިއަން ޑޮލަރު ދިނުމަށް އެގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
މިސަރުކާރަށް ނުނިންމުނު އެއަރޕޯޓުގެ މަސައްކަތް 2025 ވަނަ އަހަރަށް ނިންމާލުމަކީ އިންތިހާބީ ރައީސް ޑރ މުއިއްޒުގެ ވަރަށް ބޮޑު އަމާޒެކެވެ.
ފިރުޒުލްގެ ވާހަކަފުޅާ ގުޅިގެން ބައެއް މީޑިއާއަށް މައުލޫމާތުދެއްވަމުން އަމީރު ވިދާޅުވެފައިވަނީ އެ ފައިސާއަކީ މި ސަރުކާރުން ހަމަޖައްސާފައިވާ ފައިސާ ކަމަށެވެ. އަދި އެފައިސާ ހޯދުމުގެ ހުރިހާ މަސައްކަތެއް ނިމި، އެ ފައިސާ ލިބޭނެކަމުގެ ޔަގީންކަން މިސަރުކާރަށް އެގައުމުން ދީފައިވާ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.
އަމީރުގެ އެވާހަކައަށް ރައްދުދެއްވަމުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އަދުރޭ ސިފަކުރެއްވި ގޮތުގައި އަމީރުގެ ވާހަކަފުޅަކީ ރޯމާދުވާލު ހަދާ ބޮޑެތި ދޮގުތަކެއްގެ ގޮތުގައެވެ. އަދި މިފަދަ ދޮގުހަދައި އޮޅުވައިލުމުގެ ނަތީޖާ ސަރުކާރަށް އަދިވެސް ނުފެންނަނީތޯ އަދުރޭ ވަނީ ސުވާލުކުރެއްވާފައެވެ.

އަދުރޭ ވިދާޅުވީ، އެ ފައިސާ އަކީ އެއީ ރައީސް ސޯލިހުގެ ސަރުކާރުން ހޯދި ފައިސާއެއް ނޫން ކަމަށާއި އެފައިސާ އަކީ މުއިއްޒު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހޯއްދެވި ފައިސާ ކަމަށެވެ.
އަދުރޭ ވިދާޅުވީ، ނިމުނު ރިޔާސީ އިންތިހާބުގެ ނަތީޖާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކިތަންމެ ވަރަކަށް ރައްޔިތުންނަށް އޮޅުވައިލަން މަސައްކަތް ކުރެއްވިޔަސް ރައްޔިތުން ބަލައިނުގަންނާނޭ ކަން ވަރަށް ސާފުކޮށް ފެންނާން އޮތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ