- Advertisement -ad image

ނަޝީދު ވަކިކުރުން އަންނަ އާދިއްތަދުވަހުގެ ޖަލްސާއަށް

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަންނަ އާދިއްތަ ދުވަހަށް ރައްޔިތުން މަޖިލީހުން އެޖެންޑާކޮށްފިއެވެ.
މިމައްސަލަ އެޖެންޑާ ކުރީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ، މަޖިލީހުގެ ނައިބް ރައީސް ނެތަސް ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމުންނެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވިގެން މަޖިލީހުގެ ގަވައިދު މާނަކުރުމަށް އެމްޑީޕީން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލަ ނިމުނީ އެޕާޓީއާ އެއްކޮޅަށެވެ. ސުޕްރީމްކޯޓުގެ ނިންމެވުމުގައި ވަނީ އެ މައްސަލައިގެ ރިޔާސަތުގައި މަޖިލީހުގެ ނައިބް ރައީސް ނެތްނަމަ މަޖިލީހުގެ ރައީސް، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅުއްވާފައިވާ 5 މެމްބަރުން ކުރެ ކޮންމެވެސް އެއް މެމްބަރަކަށް ރިޔާސަތު ބެލެހެއްޓެވޭނެކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ހުށައެޅީ 49 މެމްބަރުންގެ ސޮޔާއި އެކުއެވެ. ރައްޔިތުން މަޖިލީގައި އެމްޑީޕީއަށް ނިސްބެވެވަޑައިގަންނަވާ 56 މެމްބަރުން އެބަތިއްބެވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގައި މައްސަލަ އަންނަ އާދިއްތަ ދުވަހުގެ 09:00 އަށް އެޖެންޑާކޮށް މަޖިލީހުންވަނީ މެމްބަރުންނަށް ނޯޓިސް ފޮނުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ