- Advertisement -ad image

ދައުރު ނިންމަވާ ލައްވަމުން ސާލިހު ރައްޔިތުންނަށް ދެއްވި ހަދިޔާ: އަދީބާއި ޒިޔަތަށް މައާފުދީ މިނިވަންކުރުން

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ސާލިހުގެ ރިޔާސީ ދައުރު ނިމެން 72 ގަޑިއިރަށް ވެފައި ވަނިކޮށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު ޢަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަށް މައާފްދެއްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވަނީ އަދީބާއި ޒިޔަތަށް މަޢާފް ދެއްވާފައިވަނީ މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.
މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގައި ބަޔަންކުރަނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޝަރުޠަކާއެކު، ކުށް މަޢާފުކޮށްދިނުމުގެ ނުވަތަ އަދަބު ލުއިކޮށްދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުރު ނިމެން ތިން ދުވަހަށްވެފައިވަނިކޮށް، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އަދީބާއި ޒިޔަތަށް އަދަބު މަޢާފްކޮށްދެއްވަން ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ