- Advertisement -ad image

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓަރީ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ސަޕްލިމަންޓަރީ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ޖަލްސާއަށް ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހަޅުއްވަމުން ގެންދެވިއިރު މަޖިލީހުގެ މައިނޯރިޓީ ޕާޓީކަމަށްވާ ދަ ޑިމޮކްރެޓްސްއިން ގެންދިޔައީ މަޖިލީހުގައި އިހުތިޖާޖުކުރައްވަމުންނެވެ. އެ ބޭފުޅުން އަޑުއުފުއްލަވަމުން ގެންދެވީ ނިޒާމީ ނުކުތާއެއް ނެންގެވުމަށް އެ ބޭފުޅުންނަށް ރިޔާސަތުން ފުރުސަތު ނުދެއްވާތީއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސްކަމަށް ރޭ އިންތިޚާބުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

މިއަހަރުގެ ބާކީ އޮތް ބަޔަށް ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ އެ ބަޖެޓުގެ ތެރެއިން 300 މިލިއަނެއްހައި ރުފިޔާއަކީ ދައުލަތަށް ލިބޭ އާމްދަނީން ހޯދާނެ ފައިސާ ކަމަށެވެ. ބާކީ ހުރި ބަޔަކީ ދަރަންޏަށް ފައިސާ ނަގައިގެން ހޯދާ ފައިސާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ 49.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަކީ 13 ބިލިއަން ރުފިޔާއިން ޑެފިސިޓުވާ ބަޖެޓަކަށްވާއިރު އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 34 ބިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ