3 ޓްރަކްގެ މެޑިކަލް ސާމާނާއި އެކު އައިއޭސީގެ އެހީގެ ޤާފިލާ ރަފާޙް ބޯޑަރު ހުރަސްކުރާ ސަރަހައްދަށް ވާސިލް ވެއްޖެއެވެ.
އައިއޭސީ އިން ބުނީ އެ ކެމްޕޭނުގެ އެހީގެ ޓްރަކްތައް މިހާރު ވަނީ ރަފާޙް ބޯޑަރު ހުރަސް ކުރުމަށް ބޯޑަރު ސަރަހައްދަށް ގޮސްފައި ކަމަށެވެ. އަދި މި ޤާފިލާގައި ހިމެނޭ ގޮދަންފުށް ކޮންޓެއިނަރގެ އިންތިޒާރުަގައި އެސަރަހައްދުގައި މަޑުކޮށްލައިގެން ތިބި ކަމަށް އައިއޭސީ އިން ބުނެފައިވެއެވެ.
އައިއޭސީ އިން ބުނީ އެ ޤާފިލާގައި މުޅި ޖުމްލަ 6 ޓްރަކް ހިމެނޭނެ ކަމަށާއި އެއީ 40 ފޫޓުގެ ކޮންޓެއިނަރތަކެއް ކަމަށެވެ. އަދި އެ ޤާފިލާގައި 3 ޓްރަކް މެޑިކަލް ސާމާނާއި، 2 ޓްރަކް ފެން އަދި 1 ޓްރަކް ގޮދަން ފުށް ހިމެނޭކަމަށެވެ.
މީގެ އިތުރުން މިއީ އެ ޤާފިލާގެ ފުރަތަމަ ބައި ކަމަށްވެސް އައިއޭސީ އިން ވަނީ ބުނެފައެވެ.
އައިއޭސީއިންދަނީ އެހީ ފޯރުކޮށްދިނުމަށް މަގު ފަހިވަމުންދާ މިންވަރަކުން ދިވެހިންގެ އެހީ ޣައްޒާއަށް ފޯރުކޮށްދެމުންނެވެ. އެގޮތުން މިމަހުގެ 12 ވަނަ ދަުވަހު އައިއޭސީގެ ވޮލެންޓިއަރުން މެދުވެރިކޮށް ޣައްޒާގެ 500 އާއިލާއަކަށް ހޮޓްމީލް ޕެކް ވަނީ ބަހައިފައެވެ.



