އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު ޕޮލިޓެކްނިކްގައިވެސް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނާއި ތަމްރީން ހިންގުން މޯލްޑިވްސް ޕޮލިޓެކްނިކްގެ އެހީގައި ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމަކީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާ ދެމެދު މިދިޔަ އަހަރުގެ ޖޫން މަހު ވެފައިވާ އެއްބަސްވުމެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިއަދުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، ޕޮލިޓެކްނިކްއިން ކުރިއަށް ގެންދިއުމަށް ނިންމެވުމުން ގްރޭޓަރ މާލެއިން ޚިދުމަތަށް އެދި ސަވާރީ އިންފްމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) އިން ހުށައަޅާއިރު ތިއަރީ ހަދާ ސެންޓަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ނެންގެވުމަށް އަންގަވާފައެވެ. މި ބަދަލާއެކު ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިޓެކްނިކްއިންވެސް މިހާރު އިމްތިހާން ހެދޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.



