- Advertisement -ad image

ރެއާއި މިއަދު ދީފައިވަނީ އެޕްރީލްމަހު ދިނުމަށް ނިންމާފައިވާ ޕްރޮމޯޝަންތަކެއް: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް


ރެއާއި މިއަދު ދީފައިވާ ޕްރޮމޯޝަންތަކަކީ މިއަހަރުގެ އެޕްރީލްމަހުއްސުރެ ހަމަޖައްސާފައިވާ ޕްރޮމޯޝަންތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ޕްރޮމޯޝަން ތަކަކީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ.

އަދި ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

“ މި ޕްރޮމޯޝަން ތަކަކީ މި ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއް “ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށްފަހު މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރިޓަޔާ ކުރައްވަން ވެސް ވަނީ ނިންމަވާފައެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި 200 އެއްހާ ފުލުހުންނަށް ޕްރޮމޯޝަންދީފައިވެއެވެ. ނަމަވެސް ހަމައެކަނި އެސިޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ވެސް ހަތް ބޭފުޅަކު ޕްރޮމޯޓް ކުރެއްވިކަމަށް މައުލޫމާތު ލިބެއެވެ.

އަދި ޗީފް ސްޕްރިޓެންޑެންޓްގެ މަގާމަށްވެސް 8 ބޭފުޅަކު ވަނީ ޕްރޮމޯޓްކޮށްފައެވެ. މީގެއިތުރުން ޗީފު އިނިސްޕެކްޓަރުންގެ ރޭންކަށްވެސް 53 ފުލުހަކު ވަނީ ޕްރޮމޯޓްކޮށްފައެވެ.

ޕްރޮމޯޝަންދިނީ ކިހާ ފުލުހުންނަކަށް ކަމެއް އަދި ފުލުހުން މީޑިއާ އޮފިޝަލު ޔަގީންކޮށްދީފައެއްނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ