- Advertisement -ad image

އިންޑިއާއާއެކު 100 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވޭ: ސަރުކާރު

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ސާލިހުގެ ސަރުކާރުން އިންޑިއާއާއެކު 100 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަން ސަރުކާރުން ހާމަކޮށްފިއެވެ.
އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ ފިރުޒުލް ވިދާޅުވީ،
ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭގޮތަށް ދޭދޭ ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ހުރި ނުކުތާތައް ސަރުކާރުން އުވާލާނެ ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުން ކުރެއްވި މަސައްކަތުން ފާހަގަވި ކަންކަމުގެ ތެރޭގައި، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއެކު ޖުމްލަ 100 އަށްވުރެ ގިނަ ބައިލެޓްރަލް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ފާހަގަވެފައިވާކަމުގައިވެސް ފިރުޒުލް ވިދާޅުވިއެވެ. މި އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައި ވެސް ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޒުލް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ނިންމުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ. މީގެ ތެރޭގައި، ‘ހަފްތާ 14’ މަގުޗާޓް ގައި ހިމެނޭ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ނިންމެވި ނިންމެވުމާއި، ވަޒީރުންގެ މަޖިލީހުގެ ތިން ކައުންސިލެއް އެކުލަވާލުން ހިމެނެއެވެ. އެގޮތުން، މިއަދު އެކުލަވާލެއްވި ތިން ކައުންސިލަކީ ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލާއި، ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ. މިކައުންސިލުތަކުގެ ތެރެއިން ސޯޝަލް ކައުންސިލް ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ. އަދި އިކޮނޮމިކް ކައުންސިލު ޗެއަރ ކުރައްވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. އަދި މުޅިން އަލަށް އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލު ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދި ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ. މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް ފިރުޒުލް ޖަވާބުދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ