- Advertisement -ad image

އަމާޒަކީ ފަތުރުވެރިކަމުން ލިބޭ އާމުދަނީ 6 ބިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުން: ސަރުކާރު

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ އަމްދަނީއަކީ ގާތްގަޑަކަށް 4.5 ބިލިޔަން އެމެރިކާ ޑޮލަރުކަމަށާއި އެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުމަކީ ކުރު ރާސްތާއެއްގައި ޙާޞިލުކުރަން ބޭނުންވާ ވަރަށް ބޮޑު އަމާޒެއްކަން ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލުގެ މަސައްކަތްތައް ކުރިޔަށްދާނެގޮތުގެ ތަފްޞީލުތައް، އެ ކައުންސިލުން މީޑިއާއާ ވަނީ ހިއްސާކޮށްފައެވެ. މި ތަފްޞީލުތައް ޙިއްޞާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ އަލަށް އެކުލަވާލެއްވި ކައުންސިލެކެވެ. މި ކައުންސިލު ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިޒެވެ. ކޯޗެއަރ ކުރައްވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، އެކަން ޙާޞިލުކުރުމުގައި ޓޫރިޒަމް ދާއިރާ އިތުރަށް ސިންދަފާތުކޮށް ކުޅިވަރު، ސަގާފަތް، ތައުލީމީ، އަދި ޞިއްޙީ ދާއިރާފަދަ ފަތުރުވެރިކަމަށް ފުރުޞަތުތައްހުރި ބައެއް ދާއިރާތައް މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ.
ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދެވި ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ