އައްޑޫ ސިޓީން ގެއްލިގެން ހޯދަމުން ދިޔަ ފުލުސްމީހާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ޑިއުޓީ ކުރާ ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހަކު ރެއި އިޝާ ނަމާދަށް ދިޔަގޮތަށް ގެއަށް ނާންނަ ކަމާއި އެއްވެސް ހަބަރެއް ނުވާކަމަށް ރޭ 12:40 އެހާކަންހާއިރު ރިޕޯޓް ލިބިފައިވާ ކަމަށެވެ.
ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން އޭނާ ހޯދަމުންދަނިކޮށް ހިތަދޫ ސްވިމިން ޓެރެކް ސަރަހައްދު މޫދުން 1:40 އެހާކަންހާއިރު ވަނީ ފެނިފައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާދީ ފުލުހުން ބުނެއެވެ. މިއީ 22 އަހަރުގެ ޒުވާން ފިރިހެނެކެވެ.
