- Advertisement -ad image

ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއޯއަކަށް ޙަލީމް ޢައްޔަންކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މ. ރަނިކަ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ޢައްޔަންކުރައްވައިފިއެވެ.

އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ. އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެމް.ޓީ.ސީ.ސީ. އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.
މީގެއިތުރުން މާލެ ހޮސްޕިޓަލްސް ގްރޫޕް (ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް) ގެ ހިންގުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ، “މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް” ގެ ނަން “މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑް” ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ބަދަލުކުރައްވާފައެވެ.

މިބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިން ބޯޑަކީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެ މަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. މި ބޯޑު އިދާރީ ގޮތުން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުންނެވެ.

މިބަދަލާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑް އަލުން އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ