- Advertisement -ad image

ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސަޢުދީގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖެއާއި ސައޫދީ އަރަބިޔާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަޢުދީގެ އަރަބިޔާގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ މިބައްދަލުވުމުގެ މަޢުލޫމާތު ހާމަކުރަމުން، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީ “ވާސް” އިން ބުނެފައިވަނީ މިވިޔަފާރީގެ އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ދިވެހިރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދަވާނީ ސަޢޫދީ ޢަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށެވެ.
މިބައްދަލުވުމުގައި މުހިންމު 15 ނިންމެވުމެއް ނިންމަވާފައިވާ ކަމަށްވެސް ސައުދީ އަރަބިއްޔާގެ ގައުމީ ނިއުސް އެޖެންސީން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ