- Advertisement -ad image

މަސްވެރިއެއްގެ ލޮލުގައި މަހަކުން ޖެހި އަނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މަސްވެރިކަމަށް ނުކުމެ އުޅުނު “އަލްޙަމްދު” ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލުގައި މަހަކުން ޖެހި އަނިޔާވުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައިވަނީ ކ.ކާށިދޫގެ އިރުން 13 ނޯޓިކަލް މޭލު ބޭރުގައި މި ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށެވެ.
އަދި، އެ މަސްވެރިޔާއަށް އަވަސް ފަރުވާ ދިނުމަށް ޓަކައި ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިކަން ބޭނުންވާ ކަމުގެ މަޢުލޫމާތު ހަވީރު 16:20 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނު ކަމަށެވެ.

މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސް އަނިޔާ ލިބުނު މީހާ ވަނީ މިއަދު 18:25 ހާއިރު ޅ.ނައިފަރު ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަށް ވެސް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ