- Advertisement -ad image

ނާޖާއިޒު ގޮތުގައި މަސްއޫލިއްޔަތުގެ ބޭނުން ކޮށްފިނަމަ، ޤިޔާމަތް ދުވަހުން “އޭ ސަހަރޯއޭ” ބުނަން ޖެހޭނެ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ނާޖައިޒު ގޮތުގައި މަސްއޫލިއްޔަތުގެ ބޭނުންކޮށްފިނަމަ ގިޔާމަތް ދުވަހުން “ އޭ ސަހަރޭއޯ “ ބުނަން ޖެހޭނެ ކަމަށާއި މާތްالله އަންގަވާފައިވާ ގޮތަށް މަސްއޫލިއްޔަތު އަދާކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލައިފިއެވެ.
ހުތުބާގައި ބުނީ އެމީހަކަށް ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމާއި ގުޅޭގޮތުން ސުވާލުކުރެވޭނެ ކަމަށާއި ދުނިޔޭގައި އުޅޭއިރު އުސުވާލަށް ޖަވާބުދިނުމަށް ތައްޔާރުވާންޖެހޭ ކަމަށެވެ.
އަދި މަސްއޫލިއްޔަތުތަކާއި ހަވާލުވާ މީހާ އޭނާގެ ރައްޔިތުންގެ ކަންތައްތައް ބަލަހައްޓާ އެމީހުންގެ މުހުތާދުތައް ފުއްދައިދޭންވާނެ ކަމަށެވެ.
“ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް މާތްالله ތައުފީގު ދެއްވާނެތެވެ. އެމީހުންގެ ދުއާ އިޖާބަ ކުރައްވާނެތެވެ. އަދި އެމީހުންވާނީ ގިޔާމަތް ދުވަހުން الله ގެ ހިޔާވަހިކަންލިބޭ މީހުންގެ ތެރޭގައެވެ. އިލްމްވެރީން ވިދާޅުވާގޮތުގައި ރަނގަޅު މީހުންނަކީ މިބިންމަތީގައި މާތްالله ލައްވާފައިވާ ހެކިވެރީންނެވެ “ ހުތުބާ
މަސްއޫލިއްޔަތަކީ ލުއިފަސޭހަ ކަމެއް ނޫންކަން ހުތުބާގައި ވިދާޅުވެފައި ވެެއެވެ. މަސްއޫލިއްޔަތަކީ އަމުރުކުރުމާއި މަނާކުރުން ނުވަތަ ބައެއްގެ މައްޗަށް އަތްގަދަކުރުން ނޫން ކަމަށާއި އެއީ އެއަށްވުރެ ބޮޑު ޒިންމާއެއް ކަމަަށް ހުތުބާގައި ވެއެވެ. އަދި ނާޖާއިޒްގޮތުގައި އެކަންތައް ކޮށްފިނަމަ ޤިޔާމަތްދުވަހުން އެކަމުގެ އަޒާބު ލިބޭނެ ކަމަަށް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ