ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފާހަގަ ކުރެވެނީ ވަރުބަލިކަމެއްނެތި ބުރައަދިގިނަވަގުތު ރައްޔިތުންގެޚިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެގޮތުގައި ކަމަށް އިގްތިސޯދާއި ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޑރ މުއިއްޒު އެއްވެސް ވަރުބަލިކަމެއްނެތި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އުޅުއްވާ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށާއި ވެރިކަމުގެ ފުރަތަމަ ޙަފްތާގައި މުހިންމު މަސައްކަތްތަކެއް އެމަނިކުފާނުވަނީ ކުރިއަށްގެންދަވާފައި ކަމަށެވެ.
ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ދެން ދާނީ ބާރު ސްޕީޑާއެކު ކުރިއަށް ކަމަށެވެ.
ރައީސް ޑރ މުއިއްޒު ހުވާ ކުރެއްވީ ނޮވެމްބަރު 17 ވީ ހުކުރު ދުވަހުއެވެ. މިއަދު އެމަނިކުފާނުގެ ސަރުކާރަށް 7 ދުވަސްވީއިރު ވަނީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގައި ކުރުމަށް ރާވާފައިވާ ގިނަ ކަންތައްތަކެއްގެ ފުރަތަމަ މަރުހަލާ ފަށާފައެވެ.



