- Advertisement -ad image

ރާއްޖޭގެ ހަމަޖެހުމަށް ރައީސް މުއިއްޒާއެކީ ކުރިޔަށް ދިޔުން މުހިންމު: ފައިސަލް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ހަމަޖެހުމާއި އިޤްތިސާދީ ފުދުންތެރިކަން ޤާއިމުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒާއެކީ ކުރިޔަށް ދިޔުން މުހިންމު ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ރާއްޖޭގެ ހަމަޖެހުމާއި އިޤްތިސާދީ ކުރިއެރުމަށް ރައީސް މުއިއްޒާއެކީ ކުރިޔަށް ދިޔުން މުހިންމު ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ގައުމުގެ ޒުވާނުންގެ ދައުރު ވަރަށްވެސް ބޮޑު ކަމަށާއި މި ސަރުކާރު ދެމެހެއްޓުމަށްވެސް ޒުވާނުންގެ ޒިންމާ އަދާކުރާނެ ކަން ކަށަވަރުވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލްގެ އިތުރުން ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ ވަރަށް ގިނަ ވަޒީރުން ގެންދަވަނީ ރައީސް މުއިއްޒު އާއެކު ތިއްބެވި ކަން ހާމަކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ