- Advertisement -ad image

ކޮމިޓީން ފާސްކުރީ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ލަފާދިނުމަށް

ad image

ގުޅުންހުރި ލިޔުންތައް


އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާންމަހަށްފަހު، ބޭއްވެން އޮތް އެންމެ އަވަސް ތާރީޚެއްގައި ބޭއްވުމަށް ލަފާދިނުމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާން މަހުގެ ފަހު 10އަކާއި ދިމާވާތީ، އޭގެ ކުރިން އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި ވަނީ އެދިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ހުށަހެޅުމާއި މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހަޅުއްވާފައި ވަނީ ގާނޫނު ބުނާ މުއްދަތަށް ބަލާއިރު އިންތިޚާބު ބޭއްވެން އޮތް އެންމެ ފަހުގެ ތާރީޚެއްގައި ބޭއްވުމަށެވެ. މިހުށަހެޅުން ކޮމެޓީ މެމްބަރުންގެ އިއްތިފާޤުންވަނީ ފާސްވެފައެވެ.

ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ އަހަރުގެ މޭއި މަހުގެ 28 އަށް ހަމަވާނެއެވެ. އަދި ޤާނޫނު ބަޔާންކުރާގޮތުން 120 ދުވަހުގެ ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަންޖެހެއެވެ. އަދި 19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމުގެ އެއްމަސް ކުރިން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެއެވެ. އެއީ އޭޕްރީލް 28 ވަނަ ދުވަހުގެ ކުރިންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 އިންތިޚާބީ ދާއިރާއެއް ހިމެނެއެވެ. އެއީ މިހާރު ހިނގަމުންދާ މަޖިލީހަށްވުރެ 6 ދާއިރާގެ އިތުރު ޢަދަދެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާންމަހަށްފަހު، ބޭއްވެން އޮތް އެންމެ އަވަސް ތާރީޚެއްގައި ބޭއްވުމަށް ލަފާދިނުމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ. އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ